English Edition
Dhivehi Edition

ގދ. އަތޮޅުގައި މިއަދު ފައްސިވީ ތިނަދޫއިން 08 މީހުންނެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގދ. ތިނަދޫއިން ފައްސިވި 08 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެގެން ސާމްޕަލް ނެގި 06 ދިވެހިންނާއި އެއް ބިދޭސީންގެ އިތުރުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނެގި ބިދޭސީއެކެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ 267 މީހުން ތިނަދޫގައި މިވަގުތު ތިބިއިރު އޭގެތެރޭގައި ހިމެނެނީ ހޯމް ކަރަންޓީނު ފުރިހަމަކޮށް ސާމްޕަލް ނެގި 08 މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 163 މީހުންނާއި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނެގި 47 މީހުންނާއި ރެންޑަމް ސާމްޕަލްގެ ގޮތުގައި ސާމްޕަލް ނެގި 49 މީހުންނެވެ. އެއީ 48 ބިދޭސީންނާއި 219 ދިވެހިންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ ތިނަދޫއިން 26 މީހުން ބަލިން ރަނގަޅު ވެފައިވާއިރު ގދ. އަތޮޅު ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 05 މީހުންނަށެވެ.