English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީ، ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ހުއްދަ ދީފިއެވެ،

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހިތަދޫގައި ދެން ކާފިއު ހިންގާނީ ހަވީރު 04:00 އިން ފަތިހު 04:00އަށް ކަމަށާއި ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުމެވޭނެކަމަށެވެ. އަދި ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ހިދުމަތްދިނުމަށް ހުއްދަވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ހިތަދޫގެ ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ރޭގަނޑު 10:00 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތްދެވޭނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ. އެހެންނަމަވެސް މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.

އައްޑޫސިޓީ ހިތަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވާއިރު މިވަގުތު އެ ސިޓީގައި ބަލި ޖެހިފައިފައި ތިބި 132 މީހަކު އެބަތިއްބެވެ.