English Edition
Dhivehi Edition

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވިލިނގިލިން އިތުރު ފަރާތެއް ޕޮޒިޓިވްވެ، ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 109 ކަށް އަރައިފައިވާ ކަމަށް ވިލިނގިލި އީ.އޯ.ސީ އިން މިރޭ ހާމަކޮށްފިއެވެ.

މިރޭ ބޭއްވި އީ.އޯ.ސީ ސެޝަންގައި ބާއިވެރިވެފައިވަނީ، ގއ އަތޮޅު ހޮސްޕިޓަލްގެ އެޗް.ޕީ.އޭ ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ އާއި ގއ ވިލިނގިލި ކައުންސިލްގެ އެންމެ އިސްކޮށް ކޮވިޑް ހާލަތުގައި ހަރާކަތްތެރިވާ، އަސްނާ އަނީސްގެ އިތުރުން ވިލިނގިލި ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދެވެ.

މިރޭ ސެޝަންގައި ވާހަކަ ދައްކަވަމުން އަސްމާ ވިދާޅުވީ، މި ދެދުވަސް ތެރޭގައި ޕޮޒިޓިވްވެފައިވަނީ އެއްވެސް ފަރާތަކާއި ކޮންޓެކްޓްވި ކަމަކަށް ނުބެލެވޭ، ކުއްލި ގޮތަކަށް ފުލޫކުލިނިކަށް ދެއްކި 03 މީހެއް ކަމަށާއި އޭގެތެރޭގައި ހައި ރިސްކް ކެޓަގަރީ އަށް ނިސްބަތްވާ 81 އަހަރުގެ މީހަކަށް މިވަގުތު ފެސިލިޓީގައި ފަރުވާދެމުންދާ ކަމަށެވެ. މި ކޭސްތަކާއި ގުޅިގެން އަދިވެސް ކޮންޓެކްޓް ޓްރެސިން މަސައްކަތްތައް ކުރިއަށް ދާ ކަމަށް އަސްމާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަސްމާ ވިދާޅުވީ، މިރޭ ވަގުތެއްގައި ފުލޫކުލިނިކަށް އެމަރޖެންސީކޮށް ދެއްކި މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ ވިލިނގިލީގައި ދިރިއުޅޭ ބިދޭސީ މީހެއް ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމުގެ ގޮތުން ހުރިހާ އެންމެންވެސް ވެކްސިން ޖެހުމަށް އަސްމާ ވަނީ އިލްތިމާސް ކޮށްފައެވެ.

ގޮތްނޭންގޭ ކޭސްތަކެއް ފެނިފައިވާ ކަމަށާއި މި ބަލިން އަރައިގަތުމަށް ހުރިހާ އެންމެންވެސް އެއްބާރުލުން ދީ، ކޮންޓެކްޓް ޓްރެސިން ޓީމް އަށް ތެދު މަޢުލޫމާތު ހިއްސާކުރުމަށްވެސް އަސްމާ ވަނީ އެދިފައެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހީލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ވިލިނގިލީގައ 20 މޭއިން ފެށިގެން ރޭގަނޑު 00؛18 އިން ފަތިހު 00؛4 އަށް އެ ރަށުގައި ދަނީ ކާފިޢު ހިންގުމުންނެވެ.