English Edition
Dhivehi Edition
30 މެއި 2021: އައްޑޫ އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އައްޑޫ އީއޯސީ

އައްޑޫ ސިޓީ ހިތަދޫ އިން އިތުރު 7 މީހަކު މިއަދު ވެސް ކޮވިޑަށް ޕޮޒިޓިވްވެ އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 127 އަރައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ 18:00 އާއި ހަމައަށް ޖުމްލަ 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ހިތަދޫން ޕޮޒިޓިވް ވި މީހުންނެވެ.

އައްޑޫ ސިޓީއިން ޖުމްލަ 446 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު 317 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 127 ކަށް އަރާފައިވާއިރު 02 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

އައްޑޫސިޓީގެ ހިތަދޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ހިތަދޫގައި ކާފިއު ވަގުތު ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ވަނީ އިތުރުކޮށްފައެވެ. ކާފިއު ނޫން ގަޑިތަކުގައިވެސް ބޭރަށް ދެވެނީ ޚާއްޞަ ފާހަކާއި އެކީގައެވެ.

މިވަގުތު އައްޑޫސިޓީގައި ޕޮޒިޓިވް ކޭސްތައް އެންމެ ގިނައީ ހިތަދޫގައެވެ. އެގޮތުން މިވަގުތު ބަލިން ރަނގަޅު ނުވާ ކޭސްތަކުގެ ތެރޭގައި ހިތަދޫގައި 123 މީހަކު ތިބި އިރު މަރަދޫގައި 4 މީހުން އެބަ ތިއްބެވެ.