English Edition
Dhivehi Edition

ގދ.ވާދޫގައި ސާފް ޝެކެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

ވާދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނާގޮތުން އެކައުންސިލުންދޭ ކުރެހުމާ އެއްގޮތަށް އެރަށު އިރުމަތީ ފަރާތުގައި ކައުންސިލުން ދައްކާ ބިމެއްގައި ސާރފް ޝެކެއް އަމިއްލަ ތެކެތީގައި އަޅައިދޭނެ ފަރާތެއް ބޭނުންވެއެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހން ފެށިގެން ޖުލައި މަހުގެ 01 ވަނަދުވަހާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި ކައުންސިލްގެ ނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީގެ ކަންތައް ކުރިޔަށް ގެންދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 4 ޖުލައި 2021 ވާ އާދީއްތަ ދުވަހު 13:00 ގައި އެރަށު ކައުންސިލް އިދާރަގައެވެ.

ވާދޫގެ އިތުރުން ގދ.ގައްދޫއަކީވެސް ރާއްޖޭގައި ސާފިންއަށް މަޝްހޫރު 2 ރަށަށްވާތީ، މިދެރަށުގައި ސާފް ޝެކްއެއް ޤާއިމުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ސާފް ސްޕޮޓްތައް ގާއިމުކުރާ ސަރަހައްދުތަކުގައި ރާޅާއެޅުންތެރިންނަށް ހަޓުތަކުގެ އިތުރުން ސާފް ބޯޑު ރެކްތަކެއް ބެހެއްޓިގެންދާނެ ކަމަށްވެސް މިނިސްޓަރ މަހްލޫފް ވަނީ ވިދާޅުވެފައެވެ.

 

ޓެގު