English Edition
Dhivehi Edition

ވައްކަމުގެ މައްސަލައެއްގެ ތަހުޤީގަށް ގއ.ދާންދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ކުރަމުންދާ ތަހުޤީގަށް ހޯދަމުންދަނީ ގއ. ދާންދޫ، ފިޔާތޮށިގެ، ޖިނާޙް ރަޝީދު(34)އެވެ.

ފުލުހުން ހާމަކުރި ގޮތުގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ގއ. ދާންދޫ، ފިޔާތޮށިގެ، ޖިނާޙް ރަޝީދު (34އ) އާއި، ތ. ކިނބިދޫ / ނޫވިލާގެ، ޢަބްދުލްމާނިޢު މުޙައްމަދު (34އ) އެވެ.

މި ދެމީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ދެމީހުންވެސް ތ. ކިނިބިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 ޖޫން 28 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.