English Edition
Dhivehi Edition

ގއ. ގެމަނަފުށީ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމް.އެން.ޑީ.އެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ގެމަނަފުށީ ” އޯކިޑް 707″ ނަމަކަށް ކިޔާ މަސްދޯންޏެއްގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިންޖީނުވަނީ ހުއްޓިފައެވެ. މައުލޫމާތުލިބުނު ގޮތުގައި މިދޯނީގެ އިންޖީނު ހުއްޓުނީ ސ.ގަމާ 4 ނޯޓިކަލް މޭލު ބޭރުންނެވެ.

އަދި މިހާރު މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް ގެސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އިން ދަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގެމަނަފުށީ ދޯންޏަށް އެހީތެރިވުމުގެ ގޮތުން ސ.މީދޫ ދޯންޏެއް ކަމަށްވާ “ވާލި 08” ކަފުޖަހައިގެން މީދޫ ބަދަރަށް ގެމެނެފުށީ ދޯނި ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގެމަނަފުށީ ދޯނި އަބުރާ ރަށަށް ގެންދިޔުމަށްޓަކައި އެރަށު “ކަނޑު ރޯޅި” ދޯނި މިހާރު ވަނީ ސ.މީދޫއަށް ދަތުރު ފަށާފައެވެ.

އިންޖީނު ރޫމުގައި ހިނގި އަލިފާނުގެ ހާދިސާގައި ދޯނީގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.