English Edition
Dhivehi Edition

އައްޑޫ ސިޓީން ކޮވިޑް 19 އަށް ފައްސިވި މީހުންގެ ތެރެއިން ގިނަ ބަޔަކު ބަލިން ފަސޭހަ ވެއްޖެއެވެ،

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އައްޑޫގެ އެކި އަވަށްތަކުން ޖުމުލަ 403 މީހުން މިހާތަނަށް ކޮވިޑަށް ފައްސިވެފައިވާއިރު އެތަނުން 304 މީހަކު ވަނީ ބަލިން ފަސޭހަ ވެފައެވެ.

އިއްޔެގެ 18:00 އާއި ހަމައަށް ފައްސި 7 ކޭސް ފެނިފައިވާ އިރު އެއީ މުޅިން ވެސް ހިތަދޫން ފައްސިވި ކޭސްތަކެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓްވި 3 މީހަކާއި، ފުލޫ ކުލިނިކަށް ދެއްކި 4 މީހެކެވެ. މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި 5 ދިވެހިންނާއި 2 ބިދޭސިންނެވެ. އެއީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި 5 މީހަކާއި، ފުލޫ ކުލިނިކަށް ދެއްކި 2 މީހެކެވެ.

މިހާރު އައްޑޫސިޓީގައި ކޮވިޑް 19 ގެ ބަލިމީހުން ތިބީ ހިތަދޫ އާއި މަރަދޫ އަދި ފޭދޫގައެވެ. ހިތަދޫގައި ބަލިން ފަސޭހަ ނުވާ 94 މީހުން ތިބި އިރު މަރަދޫގައި ތިބީ 2 މީހުންނެވެ. އަދި ފޭދޫގައި މިވަގުތު ހުރީ އެންމެ މީހެކެވެ. މިހާރު އަލަށް ފައްސިވާ ކޭސްތައް ފެންނަނީ ވެސް ހިތަދޫން އެކަންޏެވެ.

އައްޑޫސިޓީގެ ހިތަދޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ހިތަދޫގައި ކާފިއު ވަގުތު ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ވަނީ އިތުރުކޮށްފައެވެ. ކާފިއު ނޫން ގަޑިތަކުގައިވެސް ބޭރަށް ދެވެނީ ޚާއްޞަ ފާހަކާއި އެކީގައެވެ.