English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހީމަށް ސިންގަޕޫރުގައި ފަރުވާ ދިނުމަށް މުއްދަތު އިތުރުކޮށްދިނުމާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ ގާސިމްގެ ބޭސް ފަރުވާއަށް މުއްދަތު އިތުރުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށާއި ކަރެކްޝަނަލް ސާވިސް އިން އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އަދި އެކަމުގައި ކޮންމެވެސް ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަނަލް ސާވިސް އިންވަނީ ބުނެފައެވެ.

ގާސިމްގެ ހިތުގެ އޮޕަރޭޝަން މި މަހުގެ 20 ގައި ކޮށްފައިވާއިރު، ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމްއަށް އޮޕަރޭޝަންކޮށް ޓެސްޓުތައް ހަދަން ދިނީ 10 ދުވަހެވެ. އެ މުއްދަތުގައި އޮޕަރޭޝަން ނުކުރެވިގެން އިތުރުކޮށްދިން 10 ދުވަސް މިއަދަށްވަނީ ހަމަވެފައެވެ.