English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ 79 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި ތިނަދޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ދެވަނަ މީހާއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތިގައި އެމީހާ ނިޔާވެފައިވަނީ ފަތިހު 05:00 ގައި ގދ. ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނިކޮށެވެ. އަދި މިއީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. ނިޔާވެފައިވާ މީހާއަކީ ގއ. ދާންދޫ މީހެއްކަން އެ ރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ބަލީގައި ތިނަދޫގައި ފުރަތަމަ ފަހަރަށް މީހަކު ނިޔާވީ މިމަހުގެ އެވެ. އެއީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.