English Edition
Dhivehi Edition

ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ގދ.ތިނަދޫގައި ސަބްރީޖަނަލް އޮފީހެއް ޤާއިމްކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ހަ ސަރަހައްދަކަށް ބަހާލައިގެން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ސަބްރީޖަނަލް އޮފީހެއް ޤާއިމްކުރުމަށް ހޯމްމިނިސްޓަރ ވަނީ ނިންމާފައެވެ. ގދ.ތިނަދޫގެ އިތުރުން ސަބް ރީޖަނަލް އޮފީހެއް ދ.ކުޑަހުވަދޫގައިވެސް ޤާއިމުކުރެވިގެންދާނެއެވެ.

ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމަށްޓަކައި ބަހާލެވުނު ހަ ސަރަހައްދުތަކަކީ:

  • ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ސަރަޙައްދު) ހެޑްކުއަރޓަރޒް މާލެ
  • އަޕަރ ނޯތް ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ހދ. ކުޅުދުއްފުށި
  • ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ރ. އުނގޫފާރު
  • ނޯތް ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް އއ ރަސްދޫ
  • ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ލ. ގަން، ސަބް ރީޖަނަލް ހެޑްކުއަރޓަރޒް ދ. ކުޑަހުވަދޫ
  • ސައުތު ޕޮލިސް (ގއ، ގދ، ޏ އަދި ސ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް އައްޑޫ ސިޓީ، ސަބް ރީޖަނަލް ހެޑްކުއަރޓަރޒް ގދ. ތިނަދޫ

ކެޕިޓަލް ޕޮލިސް ހިމެނޭ މާލެ ސަރަހައްދުކަމަށް ކަނޑައަޅާފައިވަނީ މާލެ ސަރަހައްދަށެވެ. އޭގެއިތުރުން 5 ސަރަހައްދަކަށް ރާއްޖެ ބަހާލައިފައިވާއިރު ފުލުހުން ރީޖަނަލް ހެޑްކުއާޓަރުތައް ހުންނަ ރަށްރަށަކީ ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، އއ. ރަސްދޫ، ލ، ގަން އަދި އައްޑޫ ސިޓީ އެވެ.