English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: ސީޓީއެލް ސްޓްރެޓެޖީސް

އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންކަމަށް ތުހުމަތުވާ ފަސް މީހަކު ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލްކޮށް އަލުން ހައްޔަރުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މިދިޔަ މަހުތެރޭ ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް ފަހުގަ އެވެ.

މިދިޔަ މަހު އައްޑޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހަތް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރެއިން ފަސް މީހަކު ދޫކޮށްލުމަށް ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ މަހު 30ވަނަ ދުވަހުއެވެ.

މި ފަސް މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު މިއަދު ޕީޖީ އޮފީހުން ވިދާޅުވީ ހައިކޯޓުން މިއަދު ވަނީ، މި ފަސް މީހުން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުތައް ބާޠިލުކޮށްފައިކަމަށެވެ. އަދި މި ފަސް މީހުން މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ޕީޖީ އިން ވަނީ ހާމަކޮށްފައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އައްޑޫ އިން ހައްޔަރުކޮށްފައިވާ މީހުންނަކީ

  • އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި
  • އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް، ސ. މީދޫ
  • މަފްތޫހް ސައީދު، ވިކްޓްރީ، ގއ. ކޮލަމާފުށި
  • މުހައްމަދު ތަސްލީމް، އަލަނާސިގެ، ހއ. ހޯރަފުށި
  • ހަސަން ޝިހާނު އިބްރާހީމް، ކާކީގެ، ސ. ހިތަދޫ