English Edition
Dhivehi Edition

ގދ. ވާދޫގައި އެޗް.ޕީ.އޭ އިން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، މޮނިޓަރިންގ ހާލަތުން ނަގައި ރަށަށް އަރާ ފޭބުމުގެ ހުއްދަ ދީފިއެވެ.

ގދ. ވާދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ވާދޫ މޮނޮޓަރިންގ ހާލަތަށް ގެނެސް 28 ދުވަަސް ފަހުން އެ ރަށުގައި މޮނިޓަރިންގ އުވާލާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ ހާމަކޮށްފައެވެ.

މޮނިޓަރިންގ އުވާލުމާއި ގުޅިގެން އެ ރަށުގައި ރޭގަނޑު 09:00 އިން ފަތިހުގެ 04:00 އަށް ހިންގަމުން އައި ކާފިއު ވެސް މިހާރު ވާނީ ނިމުމަކަށް އައިސްފައެވެ. އެހެންނަމަވެސް އެ ވަގުތުތަކުގައިވެސް ބޭރުގައި އުޅެވޭނީ ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކް އަޅައިގެންނެވެ.

މިފަހުން ވާދޫގައި ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ 10 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މޮނިޓަރިން އުވާލުމަށް އެ ރަށުން ދެފަހަރެއްގެ މަތިން ރެންޑަމް ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ ސާމްޕަލެއްގެ ނަތީއްޖާ ވަނީ ނައްސިވެފައެވެ.