English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ޑޮކްޓަރ އެމްވީ

އައްޑޫ ސިޓީގައި މިވަގުތު ތިބި މާބަނޑު ހުރިހާ ފަރާތްތަކުންވެސް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (​އޭއީއެޗް)ގައި ރަޖިސްޓްރީވުމަށް އެ ހޮސްޕިޓަލުން އިލްތިމާޒްކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ މުޙައްމަދު މުންޝިދު ވިދާޅުވީ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މިހާރުވެސް މާބަނޑުމީހުން ބަލަމުން ގެންދާނެކަމަށެވެ. އަދި މާބަނޑު މީހުންގެ ސްކޭން ކަންތައްތައްވެސް ވަކިން ބަލަމުން ގެންދާކަމަށް މުރުޝިދު ވިދާޅުވިއެވެ. ” މާބަނޑުމީހުންގެ ސްކޭން ކުރަންޖެހޭ ދުވަހު އެ އިންތިޒާމު ހަމަޖެއްސުމަށްފަހު ގުޅައިގެން އެކަންތައްތައް ކުރިއަށް ގެންދާނެ” މުންޝިދު ވިދާޅުވިއެވެ.

އިތުރަށް މުންޝިދު ވަނީ އަލަށް މާބަނޑުވާ ފަރާތްތަކާއި އަދި ރަޖިސްޓްރީ ނުކުރާ ފަރާތަކުންވެސް ހޮސްޕިޓަލްގެ ކޯލް ސެންޓަރަށް ގުޅާ ރަޖިސްޓްރީ ކުރުމަށް އިލްތިމާޒުކޮށްފައެވެ. “އަޅުގަނޑުމެންގެ އަންހެނުންގެ ޑޮކްޓަރު ފުރަތަމަ އޮންލައިން ކޮންސަލްޓޭޝަނެއް ހަދުމަށްފަހު ފިޒިކަލީ ބަލަންޖެހޭ ދުވަސްތައް ފާހަގަކުރުމަށްފަހު އެ ދުވަސްތަކުގައި ބަލި މީހުން ގެނެސް ބަލަމުން ގެންދާނެ” މުންޝިދު ވިދާޅުވިއެވެ.

މީގެ އިތުރުން މުންޝިދު ވިދާޅުވީ މިހާރުވެސް އޯޕީޑީކޮށްވެސް ޑޮކްޓަރުން ބަލި މީހުން ބަލަމުން ގެންދާނެކަމަށެވެ. “ހޮސްޕިޓަލަށް ގޮސް ބަލި މީހުން ބެލުން ހުއްޓާލާފައިވަނީ، އެހެންނަމަވެސް އޮންލައިންކޮށް ބެލުމަށްފަހު ހޮސްޕިޓަލަށް ގެންނަންޖެހޭ ކަމަށް ފެންނަ ނަމަ އެ އިންތިޒާމު އޯޕީޑީއިން ހަމަޖައްސާނެ”. އަދި ހޮސްޕިޓަލަށް ގެނެސްދޭންޖެހޭ ފަރުވާ އެއް އޮތްނަމަ އެ ފަރުވާއެއް ދޭނެ” މުންޝިދު ވިދާޅުވިއެވެ. އިތުރަށް މުންޝިދު ވިދާޅުވީ އިމެޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭން އަދި ސްކޭން، އަދި އެމްއާރްއައި ސްކޭން ގެ ހިދުމަތްވެސް ކުރިއަށްދާނެކަމަށެވެ. އަދި މިހާރުވެސް ކުރިއެކޭ އެއްގޮތަށް ލެބޯޓްރީގެ ހިދުމަތް ކުރިއަށްދާނެކަމަށް ޑޮކްޓަރ މުންޝިދު ވިދާޅުވިއެވެ.