English Edition
Dhivehi Edition
މިއަހަރުގެ ފެބްރުއަރީ މަހު ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގެ ތެރެއިން: ފޮޓޯ / އޭއީއެޗް

އައްޑޫސިޓީގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ޗެކު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އޭއީއެޗް އިން މިމަހުގެ 3 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ސާވިސަސްގެ ފަރާތުން އެ ސިޓީގެ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ޗެކް ކުރުމަށް ރެންޑަމް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި އިންސްޕެކްޝަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 3 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ކާބޯތަކެތި ވިއްކާ ތަންތަނާއި ކާބޯތަކެތި ދަޅުފުޅި ޕެކެޓް ގައި ބަންދު ކޮށްގެން ވިއްކާ ފިހާރަތައް ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް މި އަހަރުގެ ފެބްރުއަރީ މަހުގައި އޭއީއެޗް އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ދާދި ފަހުން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އައްޑޫގައި ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.