English Edition
Dhivehi Edition

ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އައްޑޫސިޓީގެ ހިތަދޫ އަދި ފޭދޫގައި ޖަމްބަލް ސޭލެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ނޫރުލް އިސްލާމުން ބުނެފިއެވެ.

ނޫރުލް އިސްލާމްގެ ރައީސް މުޙައްމަދު އަނީލު ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑް ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ބާއްވާ ޖަމްބަލް ސޭލް މިމަހުގެ 29 އަދި 30 މި ދެދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހިތަދޫ އަދި ފޭދޫގައި ސޭލް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އަނީލު ވިދާޅުވިއެވެ.

“މިއީ ހެޔޮ އެދޭ ފަރާތްތަކުން ދެއްވަވާ ތަކެތި ބޭނުންކޮށްގެން ކުރިއަށް ގެންދާ ސޭލެއް. .” އަނީލު ވިދާޅުވިއެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގަައި މިހާރު ކުރިއަށް ގެންދާ އިންޓަނޭޝަނަލް ކެމްޕެއިންގެ ދަށުން ނޫރުލް އިސްލާމުން އައްޑޫގައި ކުރިއަށް ގެންދާ ހަރަކާތަށް ވެސް އާންމުގެ ބޮޑު ތަރުހީބެއް ލިބޭކަމަށް އަނީލު ވަނީ ވިދާޅުވެފައެވެ.

މުސްލިމުންގެ ނަސްލު މުޅިން ފޮހެލުމަށް މިޔަންމާގެ ސިފައިން ރޮހިންޖާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ލާއިންސާނީ ހަމަަތަކުގައި ގިނަ މުސްލިމުންތަކެއް ވަނީ ނިކަމެތިވެ ބިކަހާލުގައި ޖެހިފައެވެ.