English Edition
Dhivehi Edition

‘ނަމޫނާ ޢާއިލާ’ ގެ ނަމުގައި ވަރަށް ޚާއްސަ އިވެންޓެއް ބޭއްވުމަށް ނޫރުލް އިސްލާމް ޖަމުޢިއްޔާއިން ތައްޔާރުވަމުން އެބަދެއެވެ.

މިއީ ދީނީ އިރުޝާދުތަކާއި ޒަމާނީ ހޯދުންތަކުގެ އަލީގައި ޢާއިލީ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތާއި އެއްބަޔަކު އަނެއް ބަޔަކާ މުއާމަލާތު ކުރާނެގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބާއްވާ އިވެންޓެކެވެ. 2 މަރޗް 2018 ވަނަ ދުވަހުގެރޭ 8:30ގައި އައްޑޫސިޓީ ފޭދޫ ބަނދަރު ސަރަހައްދުގައި ބާއްވާ މި އިވެންޓުގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު އަނީލުއެވެ.

‘ނަމޫނާ ޢާއިލާ’ އިވެންޓަށް ތައްޔާރު ވަމުންދާއިރު ނޫރުލް އިސްލާމް ޖަމުޢިއްޔާއިން ދަނީ ވަރަށް ތަފާތު ގޮތަކަށް މި އިވެންޓު އިޝްތިހާރުވެސް ކުރަމުންނެވެ. އެގޮތުން އާންމު ފަރުދުންގެ ފަރާތުން އާންމުކޮށް އިވޭ ވަރަށް މަޖާ އެހެނަސް ޝަކުވާގެ ބަސްތައް ލިޔެވިފައިވާ ޕޯސްޓަރުތަކެއް ޖަމުޢިއްޔާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހިއްސާކުރައްވަމުން އެބަ ގެންދަވައެވެ. މި ޕޯސްޓަރު ތަކުގެ ސަބަބުން ގިނަބައެއްގެ ސަމާލުކަން މި އިވެންޓަށް ލިބި ގިނަ ބައެއްގެ ތަރުޙީބުލިބޭނެ ކަމުގައި ޖަމުޢިއްޔާއިން އުއްމީދުކުރައްވައެވެ. ޖަމުޢިއްޔާގެ މަޤްޞަދަކީ ހެޔޮލަފާ ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމެވެ.