English Edition
Dhivehi Edition

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް އިލްޔާސް ހުސައިންގެ ވަރަށް ޚާއްޞަ ދަރުހެއް މިރޭ އައްޑޫސިޓީ ފޭދޫ ސްކޫލްގައި އޮންނާނެ ކަމަށް ނޫރުލް އިސްލާމް ޖަމްއިއްޔާގެ ފަރާތުން ހާމަކޮށްފިއެވެ.

ނޫރުލް އިސްލާމްގެ ފަރާތުން ހާމަކުރާގޮތުގައި މިރޭ ޝައިޚް އިލްޔާސް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މަޢުޟޫއު އަކީ “އަދު ބިރުވެތިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން އެއީ ވަރަށް ބޮޑުކަމެކެވެ.” މި މަޢުޟޫއުއެވެ.

މި ދަރުހަކީ ނޫރުލް އިސްލާމްގެ ފަރާތުން އިސްލާމް އެފެއާރޒްގެ އައްޑޫ ޔުނިޓާއި ގުޅިގެން އިންތިޒާމްކުރާ ދަރުހެކެވެ. މިރޭ 08:30 ގައި ފޭދޫ ސްކޫލުގައި ބާއްވާ މި ޚާއްސަ ދަރުސް އަޑު އެއްސެވުމަށް ވީހާވެސް ގިނަ އަޚުންނާއި އުޚްތުން ވަޑައިގެން ދެއްވުމަށް އެ ޖަމިއްޔާއިން ވަނީ އެދި ވަޑައިގެންފައެވެ.