English Edition
Dhivehi Edition

މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވިލިނގިލީގައި އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާ ކަމަށް އެ އަތޮޅުގެ އެޗް.ޕީ.އޭ ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގއ. ވިލިނގިލީގެ ހާލަތާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އަސްމާ ވިދާޅުވީ، މިހާތަނަށް ކޮވިޑަށް ޓެސްޓް ކުރުމަށް 1،074 ސާމްޕަލެއް ނަގާފައިވާ އިރު ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 78 ސާމްޕަލެއް ކަމަށާއި މީގެ ތެރެއިން މިވަގުތު އެކްޓިވް ކޭސް ގޮތުގައި 23 ކޭސް އެއް ވާކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަސްމާ ވިދާޅުވީ، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވިލިނގިލީގައި އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިނުވާ ކަމަށާއި ވަރަށް އަވަހަށް ރަށް މޮނިޓަރިންގ ހާލަތުން ނަގާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އިމްތިހާނުގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ޕޮޒިޓިވް ވެގެން ދިޔައިރު ބަލި ރަށު ތެރައަށް ފެތުރިގެން ނުދާކަމީ ޓާސްކް ފޯރސް އާއި ކައުންސިލާއި ވިލިނގިލި ހޮސްޕިޓަލުން އަދި ސްކޫލް މެނޭޖްމެންޓް އިން އަޅާފައިވާ ފިޔަވަޅުތަކާއި ކުރާ ބުރަ މަސައްކަތްތަކުގެ ފޮނި ނަތީޖާއެވެ. ކޮވިޑް ޕޮޒިޓިވްވާ މީހާ އާއި ކޮންޓެކްޓްވާ މީހާގެ އިތުރުން މުޅި ގެ އެއްކޮށް ކަރަންޓީން ކުރުމަކީ ދަތި ވަރަށް އުދަގޫ ކަމެއް ނަމަވެސް ވިލިނގިލި ރައްޔިތުން ދެއްކެވި ނަމޫނާ ޝުކުރު ހައްޤެވެ.

ހުވާކުރެއްވުމުގެ ދުވަހުން ފެށިގެން އަލަށް އިންތިހާބުވި ކައުންސިލުން ޓާސްކުތައް ބަހައި އޭގެ ޒިންމާ އެންމެ ފުރިހަމަ ކަމާއި އެކު ދަނީ އަދާކުރަމުންނެވެ. އަދި ހަމަ އެހެންމެ ހޮސްޕިޓަލްގެ ސްޓާފުންނާއި ޓާސްކް ފޯރސް ޓީމް، ވަކިން ހާއްސަ ކޮށް ލެބް ޓެކްނޮލޮޖިސްޓުން އެކުރައްވާ ބުރަ މަސައްކަތްތަކަކީވެސް އަގު ނުކުރެވޭ ބުރަ މަސައްކަތްތަކެއް ކަން ފާހަގަކޮށްލެވެއެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް ކަރަންޓީނާއި ޚިލާފުވެ އެފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.