English Edition
Dhivehi Edition

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ “ރަންދި 26” ނަމަކަށް ކިޔާ މަސްކިރާ ބޯޓުގެ ފަޅުވެރިންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

“ރަންދި 26” މަސްކިރާ ބޯޓުގެ ފަޅުވެރިންތަކެއް ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން މިއަދު ހަވީރު ނެގި ސާމްޕަލްތަކެއްގެ ތެރެއިން 04 ސާމްޕަލެއްގެ ނަތީއްޖާ ފައްސިވެފައިވާކަން ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސް އިން ވަނީ ހާމަކޮށްފައެވެ.

އެބޯޓު މަސްގަތުމަށް ބަނދަރުކުރި ރަށްތަކުގެ ތެރޭގައި ގދ. ގައްދޫއާއި ގއ. ކަނޑުހުޅުދޫ ހިމެނޭ ކަމަށްވެސް ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސް އިން ބުނެފައިވެއެވެ.

“އެހެންކަމުން ފާއިތުވެދިޔަ ހަފްތާގައި އެ ބޯޓަށް މަސްކިރާފައިވާ ދޯނިފަހަރުތަކުން މިކަމަށް ސަލާމުވެލެއްވުން އެދެން.” ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.