English Edition
Dhivehi Edition

ގދ.ގައްދޫގައި ކޮންޓްރޯލެއްނެތި މިއަދުވެސް 11 މީހުންވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެރަށުން ކޮވިޑް ކޭސްތައް ފެންމަތިވެ ރަށް މިހާރުވަނީ މޮނީޓަރިންގއަށް ލުމަށްފަހު ކޮންމެ ރެޔަކު ކާފިއު ހިންގައެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަނީ ހުއްޓާލާފައެވެ. ގައްދޫ މިސްކިތްތަކުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ 10 ޖޫން 2021 ވީ ބުރާސްފަތިދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން 16 ޖޫން 2021 ވާ ބުދަ ދުވަހުގެ ރޭ އިޝާ ނަމާދުގެ ނިޔަލަށެވެ. އަދި މިފަދަ ހާލަތެއްގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި”صَلُّوا فِى بُيُوتِكُم” މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

އިއްޔެ އެކަނިވެސް އެރަށުން 12 މީހަކު ވަނީ މިބައްޔަށް ފައްސިވެފައެވެ. މިއަދުގެ ކޭސްތައް ހިމަނައިގެން ޖުމްލަ 68 މީހުން މިވަނީ ކޮވިޑަށް ފައްސިވެފައެވެ.

ގައްދޫއިން ފައްސިވި އުމުރުން 53 އަހަރުގެ އަންހެނަކަށް ތިނަދޫ ކޮވިޑް ފެސިލިޓީގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.