English Edition
Dhivehi Edition

ގދ ހޯނޑެއްދޫ ގޮނޑުދޮށުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

މިދިޔަ އަންގާރަދުވަހު މެންދުރުފަހުގެ ވަގުތެއްގައި ފެނިފައިވާ މި މާވަހަރުކަމަށް ބެލެވޭ އެތި ފެނިފައިވަނީ ހޯނޑެއްދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމަތިންނެވެ. މީތި ފެނިފައިވަނީ ހޯނޑެއްދޫގެ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކަށެވެ. އެ ކުއްޖާގެ ބެލެނިވެރިޔާ މައުލޫމާތުދިންގޮތުގައި މާވަހަރެއް ކަމަށް ޝައްކު ކުރެވޭ ހުރިހާ އަލާމާތެއް އެއެތިން ފެނިފައިވެއެވެ.

މިމާވަހަރު ޓެސްޓު ކުރުމަށް މިހާރު ސާމްޕަލް ފޮނުވުމުގެ މަސައްކަތް ކުރާކަމަށާއި، އަދި އޭގެ ބަރުދަނުގައި ގާތްގަނޑަކަށް 115 ގްރާމް ހުރި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.