English Edition
Dhivehi Edition

ސަންޖޭލީލާ ބަންސާލީގެ ފިލްމު ‘ ޕަދްމަވަތީ’ އަކީ ފިލްމު އުފައްދަން ތައްޔާރުވާން ފެށީއްސުރެ ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ފިލްމެކެވެ. މި ފިލްމުގައި އިންޑިއާގެ ތާރިހު އޮޅުވާލަން މަސައްކަތްކުރާ ކަމަށް ބުނެ ރާޖްޕުތު އަށް ނިސްބަތްވާ ޝްރޫރާޖްޕުތް ކާނީ ސެނާ އިން އަންނަނީ ފިލްމުގެ މަސައްކަތްތަކަށް ހުރަސް އަޅަމުންނެވެ.

މީގެ ކުރިން ފިލްމަށް ތައްޔާރުކޮށްފައިވާ ސެޓުގައރާޖްމަންދިރު ސިނަމާކައިރިއަށް އެއްވެ ފިލްމުގެ ޕޯސްޓަރުތަކުގައި ހުޅުޖަހާފައެވެ. ި ހުޅުޖަހާ ކެމެރާތަކާއި މީހުންނަށް ގެއްލުންދީފައިވާއިރު މި ގުރޫޕުން މިހާރުވަނީ ރާޖްމަންދިރު ސިނަމާކައިރިއަށް އެއްވެ ފިލްމުގެ ޕޯސްޓަރުތަކުގައި ހުޅުޖަހާފައެވެ. މި ފިލްމުގައި އަލާއުއްދީން އާއި ޕަދްމަވަތީގެ ލޯބީގެ ގުޅުމުގެ ވާހަކަ ހިމަނާފައިވާކަމަށް ތުހުމަތުކޮށް މި ގުރޫޕުން ބުނެފައިވަނީ ޕަދްމަވަތީ ރިލީޒްކުރެވޭނީ އެ ގުރޫޕުގެ ކޯ ކޮމެޓީ އަށާއި ތާރީހީ ކަންކަން ދިރާސާކުރާ ފަރާތްތަކަށް ދެއްކުމަށްފަހު އެމީހުން ފިލްމުގައި މައްސަލައެއް ނެތްކަމަށް ނިންމުން ކަމަށެވެ. “ބަންސާލީ ވަނީ ވައުދުވެފަ ފިލްމު ރިލީޒްކުރުމުގެ ކުރިން އަހަރެމެންނަށް ދައްކާނެކަމަށް. އެކަމަކު އަދިވެސް މި ފިލްމާ ބެހޭ ގޮތުން އެއްވެސް މީހަކު އަހަރެމެންނަށް ގުޅާފައެއް ނެތް.” ކާނީ ސެނާގެ ރައީސްވަނީ ބުނެފައެވެ.

ރަނީ ޕަދްމަވަތީގެ ރޯލުން ދީޕިކާ ފެނިގެންދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުގައެވެ.

ޓެގު