English Edition
Dhivehi Edition

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ ނައިބުރައީސަކަށް އެ ކައުންސިލްގެ އަންހެން މެމްބަރު އަމާނީ މުއީން ހޮވިއްޖެއެވެ.

ހުރިހާ ކައުންސިލަރުން ބައިވެރިވެ މިއަދު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ރަތަފަންދޫ ކައުންސިލުގެ ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓު ކާމިޔާބުކޮށް، އަމާނީ މުއީން ކުރިއަށް އޮތް 05 އަހަރުގެ ދައުރަށް ނައިބު ރައީސާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގަންނަވާނީ މާދަމާކަމަށް އޭ އޯ ނިއުސް އަށް މައުލޫމާތު ލިބިފައިވެއެވެ. ނައިބްރައީސަކު ހޮވުން މިހާ ލަސްވެގެން ގޮސްފައި މިވަނީ އެކައުންސިލްގެ ރައީސް ކަރަންޓީނުގައި ހުންނެވުމުންނެވެ.

އަމާނީއަކީ ވެރިކަން ކުރާ މައި ޕާޓީ އެމް ޑީ ޕީ ގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވި ބޭކަނބަލެކެވެ. އެކައުންސިލްގަ އަމާނީގެ އިތުރުން ދެން ހިމެނެނީ ޕީ ޕީ އެމް އަށް ނިސްބަތްވާ ކައުންސިލްގެ އަންހެން މެމްބަރަކާއި އަމިއްލަގޮތުން ހޮވުނު ފިރިހެން މެމްބަރަކާއި އެމް ޑީ ޕީ އިން ހޮވުނު ފިރިހެން މެމްބަރަކެވެ، އަދި ކައުންސިލްގެ ރައީސް އަދި އަތޮޅުކައުންސިލްގެ މެމްބަރަކީ އެމް ޑީ ޕީ އިން ވާދަކުރެއްވި ބޭފުޅެކެވެ.