English Edition
Dhivehi Edition

ބޭނުންވާތަކެތި: 400ގ ފުށް 1 މޭޒުމަތީ ސަމްސާ އީސްޓް 300މލ ފެން 3 ސައިސަމްސާ ތެޔޮ 250 ގ ކުކުޅު ކުދިކޮށް ކޮށާފައި 4 ލޮނުމެދު ޗިސްކޮށްފައި 100ގ ފިޔާ ކުދިކޮށް ކޮށާފައި ބައި ސަމްސާ އަސޭމިރުސް ލޮނު 200 ގ މޮޒައްލާ ޗީޒް 3 ސައިސަމްސާ ޕިއްޒާ ސޯސް 3 ސައިސަމްސާ ޗިލީ ގާލިކް ސޯސް   ތައްޔާރުކުރާނެ ގޮތް: ފުށް ފުރޭނުމަށްފަހު އީސްޓް، ލޮނު، ތެޔޮ އަދި ފެން އަޅައިގެން މޮޑުމަށްފަހު ގުޅަ ޖަހާފައި ބަހައްޓާށެވެ. އަދި 4 އިންޗި ބޮޑުމިނުގައި ފުށްގުޅަ ދަމާލާފައި ރޮށީގައި ލޯވަޅު އެޅުމަށްފަހު ބަހައްޓާށެވެ. ދެން ތެޔޮފޮދުގައި ލޮނުމެދު މީރުކުރުމަށްފަހު ލޮނުމެދު ކުޑަކޮށް ރަތްވުމުން ފިޔާކޮޅު އަޅާލައިގެން ކުޑަކޮށް ވަޅޯ ވުމުން ކުކުޅުކޮޅު އަޅާލާށެވެ. އެއަށްފަހު އަސޭމިރުސް، ޗިލީ ގާލިކް ސޯސް އަޅައިގެން ރޯފިލަންދެން ކެއްކުމަށްފަހު ލޮނު ހެޔޮވަރުކޮށްލާފައި އުނދުންމަތިން ބާލާށެވެ. ދެން ދަމާފައި އޮތް ފުށްކޮޅު މަތީގައި ޕިއްޒާސޯސް އުނގުޅުމަށްފަހު ތައްޔާރުކުރި ކުކުޅުކޮޅު އަޅާލާފައި އޭގެ މައްޗަށް ޗީޒް އަޅާލާށެވެ. ދެން ކަލްޒޯން ބައްދާލުމަށްފަހު އަވަނުން ފިހެލާށެވެ. ހޫނުކޮށް ހުއްޓާ ކެއުމުން ވަރަށް މީރުވާނެއެވެ.  

  • ނޯޓް: މި ރެސިޕީއަކީ ހާޝިމްގެ ސުފްރާއިން ނަގާފައިވާ ރެސިޕީއެކެވެ.