English Edition
Dhivehi Edition

ވޭތުވެދިޔަ 24 ގަނޑިއިރު ތެރޭގައި ވިލިނގިލިން އިތުރު ފަރާތެއް ޕޮޒިޓިވްވެ، ޖުމުލަ ކޭސްތަކުގެ އަދަދު 66 އަށް އަރާފައިވާކަމަށް އީ.އޯ.ސީ އިން ރޭ ހާމަކޮށްފިއެވެ.

ރޭ އީ.އޯ.ސީ ސެޝަންގައި ބެއިވެރިވެފައިވަނީ، ގއ އަތޮޅު ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ، ގއ ވިލިނގިލި ކައުންސިލްގެ އިންފޮރމޭޝަން އޮފިސަރ ރަޒިއްޔާ މުޙައްމަދުގެ އިތުރުން ވިލިނގިލި ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދެވެ.

ރޭ އީ.އޯ.ސީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އަސްމާ ވިދާޅުވީ، މިއަދު އިތުރު ފަރާތެއް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ ކޭސް ނަންބަރް 10 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. މި ފަރާތަކީ ހޯމް ކަރަންޓީން 14 ދުވަސް ހަމަކޮށް ސާމްޕަލްނަގައި ނަތީޖާ ކަށަވަރު ނުވާތީވެ 72 ގަޑި އިރު ފަހުން އިތުރު ސާމްޕަލެއް ނަގައި، އެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވެފައިވަނީ ސްކޫލުން ކިޔަވާ ގްރޭޑް3 ގެ ދަރިވަރެއް ކަމަށްވެސް އަސްމާވަނީ ހާމަކޮށްފައެވެ.

އަސްމާ އިތުރަށް ވިދާޅުވީ އިއްޔެ ބަލިން ރަގަޅުވެ 2 މީހަކު ދޫކުރެވިފައިވާ ކަމަށާއި މިއާއެކު 29 ފަރާތެއް ބަލިން ރަގަޅުވެފައިވާކަމަށެވެ.

ވިލިނގިލީގެ އެކްޓިވް ކޭސްތަކުގެ އަދަދު 37 އަކަށް އަރާފައިވާއިރު މި ވަގުތު ފެސްލިޓީގައި އެޑްމިޓްކޮށްގެން އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާކަމަށްވެސް އަސްމާ ވިދާޅުވިއެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހިލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.