ގދ. އަތޮޅު ތައުލީމީ މަރުކަޒުން 2021/2022 ގެ ދިރާސީ އާ އަހަރަށް 4 ގްރޭޑަކަށް ކުދިން ވެއްދުމަށް ވަނީ ފުރުސަތު ހުޅުވާލައިފިއެވެ.އެގޮތުން ފުރުސަތު ހުޅުވާލާފައިވާ އުމުރުފުރާ އާއި ގްރޭޑް ތަކަކީ
ގްރޭޑް 7 އަށް: 12 އަހަރު ފުރި 14 އަހަރު ނުފުރޭ
ގްރޭޑް 8 އަށް: 13 އަހަރު ފުރި 16 އަހަރު ނުފުރޭ
ގްރޭޑް 9 އަށް: 14 އަހަރު ފުރި 17 އަހަރު ނުފުރޭ
ގްރޭޑް 10 އަށް: 15 އަހަރު ފުރި 18 އަހަރު ނުފުރޭ އުމުރު ފުރާތަކަށެވެ.
ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ރަސްމީ ސޯޝަލް މީޑިޔާ ޕޭޖްގައި ހިއްސާ ކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި އެސްކޫލަށް ދަރިވަރުން ވެެއްދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން 15 ޖޫން 2021 އިން 1 ޖުލައި 2021 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށް ވަނީ ނިންމާފައި އެވެ. މީގެ އިތުރުން ރެޖިސްޓްރޭޝަން ފޯމް ސްކޫލްގެ ވެބްސައިޓް www.gdhaec.edu.mv އިންވެސް ލިބެންހުންނާނެ ކަމަށް ވެއެވެ. އަދި ސްކޫލްގެ އީމެއިލް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައިއެވެ.
އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގދ އަތޮޅު ތައުލީމީ މަރުކަޒު ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވިދާޅުވީ ޕެންޑެމިކްގެ ސަބަބުން މިވަގުތު ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮށް ކަމުގައިވިޔަސް އުންމީދު ކުރަނީ 2021 ގައި ދިރާސީ އާއަހަރު ފެށޭއިރު އާންމު ހާލަތަކަށް ރުޖޫއަވެ ސްކޫލްގެ ކިޔެވުން ފިޒިކަލީ ފެށޭނެ ކަމަށެވެ. ގދ އަތޮޅު ތައުލީމީ މަރުކަޒަކީ ތިނަދޫގެ ދަރިވަރުންގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ދަރިވަރުންތަކެއްވެސް ތައުލީމް ހާސިލް ކުރާ ސްކޫލެއްގެ ގޮތުގައި ފާހަގަ ކުރަމުން ޝިފާޒް ވިދާޅުވީ ކިޔެވުމުގެ އިތުރުން ސްކޫލަކީ ދަރިވަރުންގެ ހުނަރާއި ފަންނު ކުރިއެރުވުމަށް ފިޒިކަލް އެތައްޙަރަކާތެއް ހިންގަމުން ގެންދާ ސްކޫލެއް ކަމަށެވެ.