އައްޑޫ ސިޓީގެ 91% މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާމަކޮށްފިއެވެ.
އޭއީއެޗް އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އައްޑޫ ސިޓީގެ ދިރިއުޅޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 14،050 ފަރާތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، 50% މީހުން ނުވަތަ 7،938 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒްވެސް ފުރިހަމަކޮށްފައެވެ.
— Addu Equatorial Hospital (@aeh_mv) June 3, 2021
މިގޮތުން 12،517 ފަރާތަކުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، މި ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކުރީ 7،099 މީހުންނެވެ. އަދި 1،533 ފަރާތަކުން ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ސިނޮފާމްގެ ދެވަނަ ޑޯޒް ފުރިހަމަ ކުރީ 839 ފަރާތަކުންނެވެ.