English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19އިން 11 މީހުން ރަނގަޅުވެ، ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 56 އަށް ދަށްވެއްޖެއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 03 މީހުންނެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި މީހުންނެވެ.

އެރަށް މޮނިޓަރިން އަށް ލެވުނު ފަހުން މިއަދާ ހަމައަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 201 އަށް އަރާފައެވެ. އަދި އެތަނުން 145 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު އެރަށުގެ ހާލަތަށް ބަލާއިރު ފާއިތުވި ހަތަރު ދުވަހު އެރަށުން ފައްސިވާ މީހުންގެ އަދަދު ކުރިއާ އަޅާ ބަލާއިރު ނިސްބަތުން މަދެވެ. މިވަގުތު ފަރުވާ ހޯދަމުންދާ 56 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި މީހުންނެވެ.