English Edition
Dhivehi Edition

ކޯވިޑް 19މެނޭޖެކުރުމުގައި ސަރުކާރު ފެއިލްވެ, ހެލްތް މިނިސްޓްރ އާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ކޮވިޑް ޕޮޒިޓިވްވެ، ފަރުވާ ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ މިޝްކާ މުޙައްމަދު ނިޔާވި ހަބަރާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ހެލްތް މިނިސްޓްރީ އާއި އެ މިނިސްޓްރީ ގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް ވަކިވަމުންދާތީ ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

ފުރާނައެއް ވަކިވެގެން ދިއުމުން މަޢާފަށް އެދި ނިންމާލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ މިފަދަ މައްސަލަތައް އިންސާފުވެރިކަމާ އެކު ވީ އެންމެ އަވަހަށް ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލާފައެވެ.

“ކޯވިޑް 19އަށް ޕޮޒިޓިވްވެ ޢުމުރުން 10އަހަރުގެ ފާޠިމަތު މިޝްކާމުޙައްމަދު ނިޔާވި ޚަބަރު މިކޯލިޝަނުން އެހ ފުން ހިތާމަޔާއެކު. އެ މަރްޙޫމާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާކުރަން. އަދި ކޯވިޑް 19ގައި މިދުނިޔެ ދޫކުރި އެންމެހާ ދިވެހިންގެ ފުރާނައަށް ސުވަރު ގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި” ބަޔާނުގައި ބުނެފައިވެއެވެ .