English Edition
Dhivehi Edition

ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން މޯބައިލް ފޯނު ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މަތީގައިވާ ވީޑިއޯއިން ފެންނަ މީހަކީ 2021 އޭޕްރީލް 13 ވަނަ ދުވަހުގެ ވަގުތެއްގައި ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން މޯބައިލް ފޯނު ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ.

އެހެންކަމުން އެ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އެ މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 484557 އެވެ. އަދި އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުންޏެވެ.