English Edition
Dhivehi Edition

ކަރަންޓް ބުރުމާއެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މަތީގައިވާ ވީޑިއޯއިން ފެންނަ މީހަކީ 2021 އޭޕްރީލް 22 ވަނަ ދުވަހުގެ 08:35 އެހާކަންހާއިރު ހައިފިލްސްޓިޗުން ކަރަންޓް ބުރުމާއެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ.

އެހެންކަމުން އެ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އެ މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485230 އެވެ. އަދި އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުންޏެވެ.