English Edition
Dhivehi Edition

ގދ.ތިނަދޫގައި ކޮވިޑް ފެސިލިޓީގައި އޮތް ހާލުބޮޑު ބަލިމީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މިއަދު ކުރިޔަށްދިޔަ ތިނަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ތިނަދޫ ކޮވިޑް ފެސިލީޓިގެ މެނޭޖަރު, ޑރ. އާޒިމް އަބްދުއްޝަކޫރު ވިދާޅުވިގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ހާލުބޮޑު ބަލިމީހަކު ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާކަމަށެވެ. އަދި މިމީހާއަކީ އެފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ މީހެއް ކަމަށާއި އެމީހާއަށް ފަރުވާ ދެމުން އަންނަނީ ހޮޅި ގުޅައިގެން ނޫން ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމީހާއަށް ފަރުވާ ދެމުން އަންނަނީ އޮކްސިޖެން މާސްކް ބޭނުން ކޮށްގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

ޑރ. އާޒިމް އިތުރަށް ވިދާޅުވި ގޮތުގައި ތިނަދޫ ކޮވިޑް ފެސިލިޓީގައި ހައިރިސްކުގެ ތިންމީހުންނަށް މިހާރު ދަނީ ފަރުވާދެމުންނެވެ. އެއީ ތިނަދޫ ދެމީހަކާއި ގއ.ދާންދޫ މީހެކެވެ.