English Edition
Dhivehi Edition
އުރީދޫ އަތޮޅު ދުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އުރީދޫ)

އުރީދޫ މޯލްޑިވްސްއިން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ގުޅިގެން އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދިއުމަށް ޓީޗަރުންނަށާއި ކިޔަވާކުދިންނަށް ޙާއްސް އެޑް-އޮން ޕެކްތަކެއް ތައާރަފް ކޮށްފިއެވެ.

އުރީދޫ އިން ބުނީ،އުރީދޫ ސުޕަރނެޓް، ފަސޭހަ ހޯމްބްރޯޑްބޭންޑް އަދި މައިފައި ގެންގުޅުއްވާ ފަރާތްތަކަށް މި އެޑް އޯން ޕެކް ނެގޭނެކަމަށެވެ، އަދި އޮންލައިން ކްލާސްތައް ކުރިއަށްގެންދިއުމަށް، އުރީދޫގެ ފަސޭހަ މައިފައި ޕެކޭޖް އަލަށް ނެގުމަށް ބޭނުންވާ ޓީޗަރުންނާއި ބެލެނިވެރިންނަށް، މިހާރު މައިފައި ޑިވައިސް މުޅިން ހިލޭ ލިބޭނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ،

އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ދަރިވަރުންނަށާއި ޓީޗަރުންނަށް ލިބޭ ހިލޭ ޑޭޓާ ގެ އިތުރުން ޑޭޓާ ނަގަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުގައި މި އެޑް-އޮން ޕެކްސްތައް އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް (އުރީދޫ ކުއިކް ޕޭ، އުރީދޫ އެޕް، އަދި ރާސްޓަސް) މެދުވެރިކޮށް ނަގާލެވޭނެއެވެ. މިނިސްްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މި ޙާއްސް ޕްލޭންތައް ނަގާ ބެލެނިވެރިންނާއި ޓީޗަރުންނަށް އިތުރު މައުލޫމާތު ފޯރުކޮށްދޭނެއެވެ.

އެޑް-އޮން އަގު (ރުފިޔާ) ލިބޭ އެލަވަންސް ޕްރޮޑަކްޓް
އީޑީޔޫ 7 ޖީބީ 35 7 ޖީބީ ފަސޭހަ މައިފައި

ފަސޭހަ ބްރޯޑްބޭންޑް

ސުޕަރނެޓް

އީޑީޔޫ 15 ޖީބީ 90 15 ޖީބީ ފަސޭހަ މައިފައި

ފަސޭހަ ބްރޯޑްބޭންޑް

ސުޕަރނެޓް

އީޑީޔޫ 30 ޖީބީ 200 30 ޖީބީ ފަސޭހަ މައިފައި

ފަސޭހަ ބްރޯޑްބޭންޑް

ސުޕަރނެޓް

“ކޯވިޑް 19 އާއި ގުޅުގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހުރިހާ ދާއިރާތަކެއްވެސް މިވަނީ ޑިޖިޓަލް ޙިދުމަތްތަކަށް ބަރޯސާވާންޖެހިފައެވެ. ހަމަ އެހެން ދަރިވަރުންގެ ކިޔެވުންވެސް މިވަނީ އޮންލައިން ކުރެވިފަ. މުޖުތަމައުތަކުގެ ކުރިއެރުމަށް އިސްކަމެއްދީގެން މަސައްކަތްކުރަމުންދާ ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލުކުރަނީ ގޭގައި މަޑުކޮށްލަން ޖެހިފައިވާ މި ދަނޑިވަޅުގައި ހުރިހާ ދަރިވަރުންނަށްވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބިމުކީ މުހިންމުކަމެއްގައި. އެހެންކަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި އެކު އޮންލައިންކޮށް ކިޔެވުމަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދާދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ކިޔެވުމުގެ ކަންކަމަށް ޙާއްސްކޮށްގެން މިއަދު މި ތައާރަފްކުރެވުނު އެޑް-އޮން ޕެކްތައް މެދުވެރިކޮށް ގޫގުލް މީޓް، ގޫގުލް ކްލާސްރޫމް، ގޫގުލް ޑްރައިވް އަދި filaa.moe.gov.mv އަށް ވަދެވޭނެއެވެ. މި އެޑް-އޮން ޕެކް އެކްޓވޭޓް ކުރުމަށް ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް ނުވަތަ ފަސޭހަ މައިފައި އެކްޓިވް ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް ޕެކޭޖެއް އިންނަންވާނެއެވެ.

ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން ސްކޫލްތައް ބަންދުވެ، ގޭގައި ތިބެގެން ކިޔަވައިދިނުން ފެށުނީއްސުރެ، އޮންލައިން ކްލާސްތަކުގައި ބައިވެރިވުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ދަރިވަރުންނަށާއި ޓީޗަރުންނަށް އުރީދޫ މޯލްޑިވްސްއިން ދަނީ ހިލޭ ޑޭޓާ ފޯރުކޮށްދެމުންނެވެ. ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ހާއްސަ ޕްލޭންތަކެއް މިފަހަރު ހަމަޖައްސާފައިވަނީ ގޭގައި ތިބެގެން ކިޔެވުމުގެ ކަންކަމުގައި ގިނަ ޓީޗަރުންނާއި ބެލެނިވެރިންވެސް ބްރޯޑްބޭންޑްގެ ޙިދުމަތަށް އިސްކަންދޭތީކަމަށް އުރީދޫއިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް 19 ޕެންޑެމިކް ފެށުނީއްސުރެ އުރިދޫ މޯލްޑިވްސްއިން ރައްޔިތުންނަށް ލުއި ގޮތްތައް ހޯދާދިނުމަށް އެތަކެއް މަސައްކަތެއް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތުގައާއި އެހެނިހެން ކަންކަމުގައިވެސް އުރީދޫ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކުރިޔަށް އޮތް ތަނުގައިވެސް ދެމުންގެންދާނެކަމަށް އޫރިދޫ އިން ވަނީ ހާމަކޮށްފައެވެ.

ޓެގު