އައްޑޫ ސިޓީން އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 293 ކަށް އަރާފައެވެ. އައްޑޫ ސިޓީން މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ޖުމްލަ 16 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހުޅުދޫ އިން ޕޮޒިޓިވްވި އެކަކާއި ހިތަދޫ އިން ޕޮޒިޓިވްވި 15 މީހުންނެވެ.
އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 126 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 165ކެވެ. އައްޑޫ ސިޓީން މިހާތަނަށް ކޮވިޑް ޖެހިގެން ދެ މީހަކު ނިޔާވެފައިވާއިރު ދެ މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
އައްޑޫގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ހަވީރު 16:00 ން ފެށިގެން ފަތިހު 4:00 އަށް ކާފިއުވަނީ އިއުލާންކޮށްފައެވެ.