English Edition
Dhivehi Edition

ގއ ވިލިނގިލީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ ހެޔޮ އެދުންތަކާއި އެކު، އެ ރަށުގެ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކަށް ހާއްސަ ގިފްޓް ތަކެއް ހަވާލު ކޮށްދީފިއެވެ.

އަންހެނުން ކޮމިޓީގެ ރައީސާ އައިޝަތު ޖުމާނާ އޭއޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކޮމިޓީގެ ހެޔޮ އެދުންތަކާއި އެކު އެ ރަށުގެ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކަށް ހާއްސަ ގިފްޓް ތަކެއް މިއަދު ހަވާލު ކޮށްދީފައިވާ ކަމަށާއި އެ ގޮތުން މިވަގުތު އެކްޓިވް ކެސްތަކެއް ގޮތުގައި އުޅޭ 32 ފަރާތަކަށް ގިފްޓް ހަވާލުކޮށްފައިވާނެ ކަމަށެވެ.

އަދި އިތުރަށް ވާހަކަ ދައްކަވަމުން ޖުމާނާ ވިދާޅުވީ، އެ ކޮމިޓީއިން އެދެނީ ކެތްތެރިކަމާއި އެކު ހުރިހާ އެންމެންވެސް އެޗްޕީއޭގެ ގައިޑް ލައިނާއި އެއްގޮތަށް އަމަލު ކުރައްވައި ގައިދުރުކަން ބެހެއްޓެވުން ކަށާއި އަދި އެ ކޮމިޓީއިން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް މިކަމުގައި ލިބިގެން ދާނެ ކަމަށް ޖުމާނާ ވަނީ ވިދާޅުވެފައެވެ.

ވިލިނގިލީގައި އަންހެނުން ކޮމިޓީއިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ފާހަގަކޮށްލެވެއެވެ. މި ގޮތުން ހާބަރ މޮނިޓަރ ކުރުމާއި ކާފިޢު ގަޑިތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮތުން ނަގައިފައިވާ އެސް.އެސް.ޑީ ޓީމް އާއި އެކު ހަރަކާތްތެރިވުމުގެ އިތުރުން ވިލިނގިލި ކައުންސިލާއި ޕަޕްލިކް ހެލްތް ޔުނިޓާއި ގުޅިގެން ކުރިއަށް ގެންދާ ސިނޮފާމް ވެކްސިން ދިނުމުގައި ހަރާތްކެތެރިވުން ހިމެނެވެ.

ކޮވިޑް19 ގެ ކޭސްތަކާއި ގުޅިގެން ވިލިނގިލީގައި ހަވީރު 6:00 އިން ފަތިހު 4:00 ކަށް ވަނީ ކާފިޢު އިޢުލާންކޮށްފައެވެ.

1 ކޮމެންޓް
Gift pack
ޖޫން 1, 2021
Salhi