English Edition
Dhivehi Edition

ގދ. ތިނަދޫގައި މިފަހުން ފައްސިވި މީހުންގެ ތެރޭގައި ގިނަ މީހުންނަކީ ފިރިހެނުން ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތުގެ ފަރާތުން ފަތާތު ހަސަން ވިދާޅުވެއްޖެއެވެ.

ތިނަދޫގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިވަގުތު ތިނަދޫގެ ޙާލަތާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތާތު ވިދާޅުވީ މި އައުޓްބްރޭކްގައި ފައްސިވި 195 މީހުންގެ ތެރެއިން 115 މީހުންނަކީ ފިހެނުން ކަމަށެވެ. އަދި 80 މީހުންނަކީ އަންހެން މީހުންނެވެ.

މިވަގުތު ތިނަދޫގެ ޙާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަތާތު ވިދާޅުވީ ފައްސިވި މީހުންގެ ތެރެއިން 166 މީހުންނަކީ ދިވެހިން ކަމަށާއި 29 މީހުންނަކީ ބިދޭސީން ކަމަށެވެ. އަދި 18 އަހަރުން ދަށުގެ 55 ކުދިންނާއި 18 އަހަރާއި 64 އަހަރާއި ދެމެދުގެ 132 މީހުން ފައްސިވެފައިވާއިރު 65 އަހަރުން މަތީގެ 08 މީހަކު ތިނަދޫގައި ފައްސިވެފައިވެއެވެ.

މިފަހުން ގދ. ތިނަދޫގައި ބައްޔަށް ފައްސިވި 195 މީހުންގެ ތެރެއިން މިވަގުތު ފަރުވާ ލިބެމުންދަނީ 76 މީހުންނަށެވެ. މީގެތެރެއިން 03 މީހަކަށް ފަރުވާ ލިބެމުންދަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެނެވެ.