English Edition
Dhivehi Edition

ލިޔުނީ އާމިނަތު ޖަނާ ޖިހާދު / ހިތަދޫ ސްކޫލް

އައްޑޫގެ ސްކޫލްތަކުގެ ޖޫނިއާ ކެޑޭޓުންނަށް އަމާޒުކޮށްގެން 20 ސެޕްޓެމްބަރުން 23 ސެޕްޓެމްބަރުގެ ނިޔަލަށް ބޭއްވި ޕެރެޝޫޓް ޖޮއިންޓް އެނުއަލް ޖޫނިއަރ ކެޑޭޓް ކޭމްޕް ނިމިއްޖެއެވެ.

މި ކޭމްޕްގައި މުޅިއެކު 4 ސްކޫލުން 113 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މިކޭމްޕްގައި ބައިވެރިވެފައިނީ ހިތަދޫ ސްކޫލް ، ފޭދޫ ސްކޫލް ،މަރަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލްގެ ޖޫނިއަރ ކެޑެޓުންނެވެ.ޖޫނިއަރ ކޭމްޕއގައިވަނީ ފޫޓް ޑްރިލް ،ލީޑަރޝިޕް،ފަސްޓް އެއިޑް،ފީލްޑް ކްރާފްޓް ،ފީލްޑް އިންޖިނިއަރިން ،ފަޔަރ ފައިޓިން އަދި ދީނީ ހޭލުންތެރިކަމުގެ ކްލާސް ތަކެއް ނަގައިދީފައެވެ.

މިކޭމްޕްގައި ބައިވެރިވި 113 ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ މޮޅު 10 ކެޑޭޓުން ވަނީ ހޮވާފައެވެ. މީގެ ތެރޭގައި ހިތަދޫ ސްކޫލުގެ 3 ދަރިވަރަކު ވެސް ވަނީ ހިވެނިފައެވެ.ކޯޕްރަލް އަހުމަދު ދާނިޝް ޖިހާދު، ލާންސް ކޯޕްރަލް އަހްމަދު ސަމަން ޝާޒް އަދި ޖޫނިއަރ ޕްރައިވެޓް ސަޖާހަތު ސައުދުއްޅާ ވަނީ ގަދަ 10 އެއްގައި ހިމެނި ސްކޫލަށް ރީތި ނަން ގެނެސް ދީފައެވެ.

މިކޭމްޕްގެ އެންމެ މޮޅު ޕްލެޓޫންއަކަށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންއެވެ.