English Edition
Dhivehi Edition

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ގދ. ހޯނޑެއްދޫގައި ސާފުކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް އޭއޯ ނިއުސް އަށް މައުލޫމަތުދެއްވަމުން ވިދާޅުވީ މިހަރަކާތަކީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ސަރުކާރުގެ އެންމެހާ މުވައްސަސާތަކާއި ރަށުގެ ޖަމްއިއްޔާ ޖަމާއަތްތަކާއި ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކުރިޔަށްގެންދެވުނު ހަރަކާތެއްކަމުގައެވެ. މިއަދު ހެނދުނު 8:30 ގައި ފެށި މިހަރާކާތުގައި ރަށުގައި މީހުން އާންމުކޮށް ޒިޔާރަތްކުރާ ތިން ސަރަހައްދެއް ވަނީ ސާފުކޮށްފިއެވެ. އަދި މި ސާފްކުރެވުނު ތަންތަނުގައާއި ރަށުގެ ބޮޑެތި މަގުތަކުގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ބާއްވާނެކަމުގައި ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވިއެވެ. “މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރަށުގެ އެކި ސަރަހައްދުތަކުގައި އުކާލެވިފައި ހުރި ޕްލާސްޓިކް ނެގުމާއި އާންމުކޮށް މީހުން ޒިޔަރަތްކުރާ ތަންތަން ސާފްކުރުން.” ވާރިޝް ވިދާޅުވިއެވެ.

ވާރިޝް އިތުރަށް ވިދާޅުވީ ރަށުގެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރުމަކީ އެބޭފުޅާގެ ވައުދެއްކަށާއި، އަދި ކައުންސިލް އިންތިޚާބުގައި ވާރިޝް އާއި އެބޭފުޅަގެ ޓީމް ބޭންުންކުރެއްވި މެނިފެސްޓޯގައިވެސް ރަށުގެ ތިމާވެއްޓާއި ގުޅުންހުރި ކަންކަން ހުރިކަމަށާއި، އެ ކަންކަންވެސް ލަސްނުވެ ކުރިޔަށްދާނެކަމަށެވެ.

ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ ތިމާވެށީގެ ދުވަހަކީ 5 ޖޫން އެވެ.