English Edition
Dhivehi Edition

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ގއ. ވިލިނގިލީގައި ކާފިއުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ގއ. ވިލިނގިލީގައި ކާފިއު އިޢުލާން ކޮށްފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއް ގޮތުންނެވެ. އެގޮތުން މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހެއްގެ ހަވީރު 00؛18 އިން ފެށިގެން ފަތިހު 04:00 އަށް އެ ރަށުގައި ކާފިޢު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވަނީ އިޢުލާން ކޮށްފައެވެ.

މިވަގުތުތަކުގައި މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ. މީގެ އިތުރުން އަޅާ ފިޔަވަޅު ތަކުގެތެރޭގައި:

  • ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  • އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން
  • .ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  • ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
  • ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން
  • ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުއްޓައިލުން
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

ކާފިއު ވަގުތުގައި ބޭރުގަ އުޅެވޭނީ ސިފައިންނާއި ފުލުހުން، ސިއްޚީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒިފުންނަޢި އެ ވައްޒިފުން ދުއްވާ އުޅަދުފަހަރު، އެމްބިއުލަންސް އަދި ވިލިނގިލި ޓާސްކްފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމަރޖެންސީކޮށް ސިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހީލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.