English Edition
Dhivehi Edition

“ހަޓިރައްކަލެ ތިނަދޫ “ ސްލޯގަންގެ މައްޗަށް ބިނާކޮށް ތިނަދޫގައި އަލަށް އިންތިހާބުވި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން މިވަނީ ކޮވިޑް ގެ ހާލަތާއި ގުޅުވާލައިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމް ތަކެއް ފަށާފައެވެ. އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޖީޒާ ހަސަން ވިދާޅުވި ގޮތުގައި އަންހެނުން ކޮމިޓީގެ ހަތަރުވަނަ ދައުރަށް އިންތިހާބުވެ ކޮމިޓީގެ ފުރަތަމަ މަސައްކަތް އަމާޒުކޮށްފައިވަނީ ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިން އަރައިގަތުމަށް ކުރެވެން ހުރި މަސައްކަތް ތަކުގައި ޝާމިލްވެ މަސައްކަތް ކުރުމާއި އެކު ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ މަސައްކަތަށް ކަމަށެެވެ.

އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޖީޒާ ހަސަން އިތުރަށް ވިދާޅުވި ގޮތުގައި ތިނަދޫ ކައުންސިލްގެ އިރުޝާދާއި އެކު އިސްނަގައިން ފެށުނު ކޮވިޑް 19 އަށް ހޭލުންތެރި ކުރުމާއި ރައްކާތެރި ކަމުގެ ގޮތުން ކުރެވޭނެ ކަންކަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ސިއްޙީ މާހިރުންނާއި މުއައްސަސާ ތަކުގެ އިސްވެރިންނާއި ފުލުހުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ. އަދި ސްކޫލް ތަކުގެ އިސްވެރިންނާއި ވަކި ވަކި ފަރުދުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.. އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޖީޒާ ވިދާޅުވީ ތިނަދޫ އަންހެނުން ކޮމިޓީގެ ފަރާތުން އެންމެ ހާއްސަ ޝުކުރެއް އަދާ ކުރަން ބޭނުންވަނީ ޕްރޮގްރާމްތައް ޝޫޓް ކޮށްދިން ތިނަދޫ ޒުވާން މީޑިއާ ޓީމް ތަކަށާއި ސްޓޫޑިޔޯތަކަށް ކަމަށެވެ.

“ ހޭލުންތެރިކުރުމުގެ ގޮތުން ވީޑިޔޯތައް ޝޫޓް ކޮށްދީ، ފުރިހަމަ ވީޑިޔޯ ތަކެއް ހެދިގެން މިދަނީ ތިނަދޫގެ ޒުވާން މީޑިޔާ ޓީމް ތަކާއި ސްޓޫޑިޔޯ ހިންގުންތެރިން ހިލޭ ސާބަހަށް ކޮށްދޭ ވަރަށް ބުރަ މަސައްކަތުން، މިކަމަށް އަމިއްލަ ނަމުގައި އަދި ކޮމިޓީ ނަމުގައި ޝުކުރު ދަންނަވަން”

ގދ. ތިނަދޫގައި ކޮވިޑް-19ގެ ކޭސް ތަކާއި އެކު އެޕްރިލް 24 ވަނަ ދުވަހު ވަނީ އެރަށް މޮނިޓަރިންގ އަށް ލާފައެވެ. އަދި މާލެ ސަރަހައްދެކޭ އެއްގޮތަށް ތިނަދޫވެސް ވަނީ ހަވީރު 04:00އިން ފަތިހު 04:00އަށް ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ނިންމާފައެވެ.