English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުން އޮންލައިންކޮށް ރައްޔިތުންނަށް ދެވެން ހުރި ޚިދުމަތްތައް ފާހަނގަކޮށް، އެ ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން 01 މެއި 2021 ގައި އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި މިވަގުތު އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުން އާންމުންނަށް ދެމުންގެންދާ ބައެއް ޚިދުމަތައްތައް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.

އެހެންނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓުންނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން އޮންލައިންކޮށް އެ އިދާރާ އާއި އަވަށު އޮފީސްތަކުން ދެވޭނެ ޚިދުމަތްތައް މިހާރު ފެންނަން ހުންނާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަވަށު އޮފީހުން އޮންލައިންކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި:

  • އެސްއެސްޑީ
  • އެކަނިވެރި މައިންގެ ފޯމާއި 65 އަހަރުން މަތިވުމުން ލާ ފޯމާއި، ޑިސްއެބިލިޓީ ފޯމު ބަލައިގަތުން
  • ރަށްވެހި ފޯމު ބަލައިގަތުން ، އުފަންދުވަހުގެ ސެޓްފިކެޓް އެންޑް ރަޖިސްޓްރޭޝަން
  • ސޯޝަލް ސަރވިސް (ގުދުރަތީ ކާރިސާތަކާއި ގުޅިގެން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ފޮނުވުން)
  • އައިޑީ ކާޑު ދޫކުރުން
  • ރަށްވެހިކަމާއި ގުޅިގެން ބޭނުންވާ އެކިއެކި ލިޔުން ހޯދުން
  • އެއްބުރިއަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ
  • އެއްގަމާއި ކަނޑު އުޅަނދުގެ ރަޖިސްޓްރީ ހަދައިދިނުން
  • ރޯޑް ވާދިނަސް ސްޓްކަރ ހަދައިދިނުން
  • ކަނޑު އުޅަނދުގެ ސަލާމާތީ ސެޓްފިކެޓް ހަދައިދިނުން
  • ލައިސަންސް އާކޮށް ދިނުން
  • އިކޮނޮމިކް އާއި ގުޅޭ މަސައްކަތްތައް
  • ފައިސާ ބަލައިގަތުން
  • މުނިސިޕަލް މަސައްކަތް

އައްޑޫ ސިޓީ ކައުންސިލުން އޮންލައިންކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި:

  • އީއޯސީ
  • ސޯޝަލް ސަރވިސް
  • އެއްގަމާއި ކަނޑު އުޅަނދުގެ ރަޖިސްޓްރީ ހަދައިދިނުން
  • ރޯޑް ވާދިނަސް ސްޓްކަރ ހަދައިދިނުން
  • ކަނޑު އުޅަނދުގެ ސަލާމާތީ ސެޓްފިކެޓް ހަދައިދިނުން
  • ލައިސަންސް އާކޮށް ދިނުން
  • އިކޮނޮމިކް އާއި ގުޅޭ މަސައްކަތްތައް
  • ފައިސާ ބަލައިގަތުން
  • އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި ވަޒީފާ ހަަމަޖެއްސުން
  • ފޯމު ދޫކުރުމާއި ބަލައިގަތުން
  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުން
  • ކޯޓުތަކުގެ މައްސަލަތަކަށް ހާޟިރުވުން

މީގެ އިތުރުންކައުންސިލްގެ އިދާރާއިން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންގެންދާކަމަށްވެސް މި އިއުލާނުގައިވަނީ ފާހަގަކޮށްފައެވެ،.