English Edition
Dhivehi Edition
ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭ ސިޓީގެ މަގުތައް ދޮވެ، ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މަސް މާރުކޭޓު ސަރަހައްދުން މިކަން އިފުތިތާހު ކޮށްދެއްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ޑިސްއިންފެކްޓް ކުރަން ނިންމީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީގެ ވެސް އެދުމުގެ މަތިން ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅު މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަގުތައް ވެސް ޑިސްއިންފެކްޓު ކުރާނެ އެވެ.

މިހާރު ރާއްޖޭގައި 21079 މީހަކު ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން 286 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކާފިއުގެ ވަގުތު އިތުރުކޮށް ފިޔަވަޅުތަކެއް ވަނީ ވަރުގަދަކޮށްފައެވެ.