English Edition
Dhivehi Edition

ކޮރޯނާވައިރަސް އަށްފަހު އިންޑިއާގައި އަލަށްފެނުނު “ބްލެކްފަންގަސް” ނުވަތަ މިއުކޯމައިކޯސިސްގެ ގިނަ ކޭސްތައް އިންޑިއާގެ އެކި ސްޓޭޓްތަކުން ފެންނަމުންދާ ކަމަށް އެގައުމުން ހާމަކޮށްފައިވަނިކޮށް “ވައިޓްފަންގަސް”ގެ 4 ކޭސް މިހާރުފެނިފައި ވާކަމަށް އެގައުމުގެ ސިއްޙީ މާހިރުން ބުނެފިއެވެ.

އިންޑިއާގެ ސިއްޙީ މާހިރުން ބުނާގޮތުގައި، ވައިޓްފަންގަސް ފެނިފައިވަނީ ބިހާރު ސްޓޭޓުންނެވެ. އެހެން ނަމަވެސް އަދި އެހެން ސްޓޭޓަކުން މިބަލި ފެނިފައިވާ ކަމަށް ރިޕޯޓްނުލިބޭ ކަމަށާއި ބްލެކްފަންގަސް އަށްވުރެ ވައިޓްފަންގަސް ނުރައްކާބޮޑުކަމަށް ޑޮކްޓަރުންބުނެއެވެ.

ވައިޓްފަންގަސް އާބެހޭގޮތުން ޑޮކްޓަރުންބުނީ ބްލެކްފަންގަސް އަށްވުރެ ހަލުވިކޮށް ވައިޓްފަންގަސް އިންސާނާގެ ކިޑްނީ، ފުއްޕާމޭ، ގޮހޮރު، ބަނޑު އަދި ހަށިގަނޑުގެ ޕްރައިވެޓް ޕާރޓްސްގެ އިތުރަށް ނިޔަފަތީގައި ޖެހޭކަމަށެވެ. މިހާތަނަށް ވައިޓްފަންގަސް ޖެހުނު 4 މީހުންގެ ބަލީގެ އަލާމާތްތައް ހުރީ ކޮވިޑް ބަލީގެ އަލާމާތްތަކާ ވަރަށް އެއްގޮތްކޮށް ކަމަށާއި ނަމަވެސް އެމީހުން ކޮވިޑަށް ޓެސްޓުކުރުމުން ނަތީޖާ ނެގެޓިވް ކަމަށް ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރ އިތުރަށްބުނީ، ކޮވިޑްބަލީގެ ސިވިއަރ ކޭސްތަކުގެ ފުއްޕާމޭގެ ސްކޭންތަކާއި އިތުރު ޓެސްޓްތައް ހަދާގޮތަށް ވައިޓްފަންގަސްޖެހުމުން ވެސް ފުއްޕާމޭގެ ސްކޭންތަކާއި އެޗް.އާރު.ސީޓީ ސްކޭންތައް ހެދުން ވަރަށް މުހިންމުކަމަށެވެ. ބްލެކްފަންގަސް އާއި އެއްގޮތަށް މި ބައްޔަށްވެސް އެންމެ ނުރައްކާވަނީ ދާއިމީ ބަލިތަކަށްފަރުވާ ކުރާމީހުންނާއި، ދިފާއީ ނިޒާމް ދަށްމީހުން، ހަކުރުބަލި އަދި ސްޓެރޮއިޑްސް ބޭނުންކުރާމީހުންގެ އިތުރުން އޮކްސިޖަން ސަޕޯރޓްބޭނުން ކުރާފަރާތްތަކަށެވެ.

އިތުރަށް ޑޮކްޓަރުން ބުނީ ވައިޓްފަންގަސްގެ ނުރައްކާ މާބަނޑުމީހުންނަށާއި ކުޑަކުދިންނަށް އަދި މާބޮޑު ކަމަށެވެ. އެހެން ކަމުން ބަލި ފެތުރުނަ ނުދިނުމަށާއި ބަލިން ރައްކާތެރިވެ ތިބުމަށް ސާުފުތާހިރު ދިރިއުޅުމެއް އުޅުމަށާއި އަބަދުވެސް ސެނިޓައިޒްކޮށްގެން ތިބުން މުހިންމުކަމަށް ޑޮކްޓަރބުނެއެވެ. މިބަލިވެސް އިންސާނާގެ ހަށިގަނޑަށް ވާސިލްވަނީ ނޭވާލާނިޒާމްގެ ތެރެއިން، ސައިނަސް އިން އަދި ފުއްޕާމޭންކަމަށް ޑޮކްޓަރުން ބުނެއެވެ.