English Edition
Dhivehi Edition

ގދ. ވާދޫގައި އިތުރު 02 މީހަކު ކޮވިޑް-19އަށް ފައްސިވެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 04 އަށް އަރައިފިއެވެ.

ވާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ބައްޔަށް ޝައްކުކުރެވޭ އަލާމާތުތަކެއް ހުރުމާއި ގުޅިގެން ނެގި ސާމްޕަލަކާއި އެރަށުން ކުރިން ފައްސިވި މީހެއްގެ ޑައިރެކްޓް ކޮންޓެއްގެ ގޮތުގައި ފާހަގަވެގެން ނެގި ސާމްޕަލެއްގެ ނަތީއްޖާ މިއަދު ފައްސިވެފައިވާ ކަމަށް ގދ. ވާދޫ ކައުންސިލުން ހާމަކޮށްފިއެވެ.

މި ދެމީހުންނާއެކު މިވަގުތު އެރަށުގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު މިވަނީ 04 އަށް އަރާފައެވެ.

އެރަށުން ފުރަތަމަ ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ނިމި ކަރަންޓީން ކުރެވިފައިވާ ކަމަށާއި މިވަގުތު މިވަގުތު ފައްސިވި ހޯމް ކަރަންޓީންގައި ހުރި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ކައުންސިލުން މަޢުލޫމާތު ދިނެވެ.

ވާދޫގައި މުޖުތަމައުގެ ތެރެއިން ކޮވިޑް-19ގެ ބަލިމަޑުކަން ފެނި ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.