English Edition
Dhivehi Edition

އިޒްރޭލުން ފަލަސްތީނު ކުށެއްނެތް މުސްލިމުންނަށް ދެމުންގެންދާ ހައްދުފަހަނަޅާފައިވާ ޓެރެރިސްޓް ހަމަލާތައް ކުށްވެރިކޮށް ގއ ވިލިނގިލި ކައުންސިލުން ސޮއިކުރެއްވައި ނޫސްބަޔާނެއް ނެރުއްވައިފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލް އިދާރާއިން ނެރުއްވި ނޫސްބަޔާނުގައި ވާ ގޮތުން، ފަލަސްތީންގެ ރައްޔިތުން އެމީހުންގެ ބިމުން ނެރެލައި ނިކަމެތި ކުރުމަށްފަހު އަނިޔާވެރިކަން ދައްކަމުންދާ ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓް އިޒްރޭލު ދަޢުލަތުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ވިލިނގިލި ކައުންސިލާއި އެ ރަށުގެ ރައްޔިތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ދޭންފެށި ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް އާއްމުންނާއި، ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް އެތައް ބަޔެއް ޝަހީދުކޮށް ހަނގުރާމައިގައި ހަތިޔާރުނެތް ޤައްޒާގެ މުސްލިމް އަންހެނުންނާއި، ދެކޮޅަށް ދެމުނަގެންދާ ހަމަލާތަކުގައި ޤައްޒާގެ މުޅި އުމުރާނީ ތަރައްޤީގެ ހުރިހާ ވަސީލަތްތައްވަނީ ފުނޑު ފުނޑު ކޮށްލާފައެވެ. މިސްކިތްތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލުތަކާއި، އާއްމުން ދިރިއުޅޭ އިމާރާތްތަކާއި، ވިޔަފާރިތަކަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމާއި ދަތުރުކުރުމުގެ ނިޒާމް ވަނީ ސުންނާފަތިކޮސްލާފައެވެ.

މިހެންކަމުން، އެ ރަށުގެ ކައުންސިލާއި އެ ރަށުގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް މާތްﷲ ކެތްތެރިކަން ދެއްވައި، ޔަހޫދީންގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި އެކަލާނގެ ހަޟުރަތުގައި ދުޢާ ދަންނަވަމެވެ. އާމީން!