English Edition
Dhivehi Edition

ގއ. ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިފްތިތާހުކޮށްފިއެވެ

ހުވާކުރުމުގެ ދަރުބާރުގައި އަލަށް އިންތިޚާބުވި ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންވަނީ އިޤްރާރުގައި ސޮއިކޮށްފައެވެ.

މިދިޔަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި 3 ގޮނޑިއެއް ޕީޕީއެމް އިން ކާމިޔާބު ކޮށްފައިވާއިރު، އަނެއް ދެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީއިންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ކާމިޔާބުކުރި ކެނޑިޑޭޓުންނަކީ:
• ޢާއިޝަތު ޖުމާނާ
• އަރުމީޝާ އަބްދުއްސަމަދު
• ޝަމީލާ ޙިލްމީ
• އާމިނަތު ޝުހާނާ ނަޢީމް
• އާމިނަތު ޝައުޒާ

އަންހެން ކޮމެޓީގެ ރައީސާގެ މަގާމް ކާމިޔާބު ކޮށްފައިވަނީ އާއިޝަތު ޖުމާނާ. ނާއިބް ރައީސާގެ މަޤާމް ކާމިޔާބު ކޮށްފައި ވަނީ ޝަމީލާ ޙިލްމީ އެވެ.