English Edition
Dhivehi Edition
ރޭ މާލޭގައި މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

މާލޭގައި ރޭ ހިނގި މާރާމާރީ އާއި ގުޅިގެން ފުލުހުން ތިން މީހަކު ހައްޔަރުކޮށްފި އެވެ. ރޭގެ މާރާމާރީ އާއި ގުޅިގެންފުލުހުން މާލެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި ގެއެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.މި މައްސަލައިގައި ފުލުހުން ވިދާޅުވީ މާރާމާރީއާ ގުޅުން ހުރި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

ރޭ ދުނބުރި މިސްކިތް ކައިރީ ހިނގި ގުރޫޕް މާރާމާރީ އެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަޚަމްކޮށްފައިވާއިރު އޭގެއިން އެކަކު ވަނީ ނިޔާވެފައެވެ. އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޒަޚަމްތަކަކާއެކު އެ ހޮސްޕިޓަލަށް ގެނައި 19 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށާއި މިހާރު ފަރުވާދެމުން ދަނީ 24 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

މިދިޔަ ޖުލައި މަސް ތެރޭގައި ހިނގި ގްރޫޕް މާރާމާރީތަކުގައި ދެ މީހަކު މަރާލާފައިވާއިރު އެ މައްސަލަތައް ދަނީ ތަހުގީގުކުރަމުންނެވެ