English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު އިންތިހާބުކޮށްފިއެވެ.

މިއަދު ކައުންސިލް އިދާރާގައި ބޭއްވި އައްޑޫ ސިޓީ ކައުންލްގެ ހަތަރުވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޝުއާއު މި މަގާމަށް އިންތިހާބުކޮށްފައިވަނީ ކައުންސިލު މެމްބަރުންގެ މެދުގައި ބޭއްވި ސިއްރު ވޯޓަކުންނެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޝުއާއުގެ އިތުރުން އާމިނަތު އަދާލާ ރަޝީދު އަދި މުހައްމަދު ފައިސަލްވަނީ ވާދަކޮށްފައެވެ. މިގޮތުން ޝުއާއު އަށް ވޯޓުން މި މަގާމު ކާމިޔާބުކުރިއިރު މުހައްމަދު ފައިސަލް އަށް ލިބުނީ ތިން ވޯޓެވެ. އަދާލާ ރަޝީދަށް އެއް ވޯޓު ލިބުނު އިރު ބާތިލު އެއް ވޯޓު އޮތެވެ.

އައްޑޫ ސިޓީ ކައުންސިލަށް މި ދައުރުގައި 13 މެމްބަރުން ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ މެމްބަރު އަދި އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރުގެ އިތުރުން:

އެމްޑީޕީ މެމްބަރުން:

1- ކޮރޮވައު ދާއިރާގެ މެމްބަރު އިބްރާހިމް ޝިނާޒު މޫސާ

2- މެދުވަލު ދާއިރާގެ މެމްބަރު މުހައްމަދު ޝުއާއު

3- ރަސްގެދަރަ ދާއިރާގެ މެމްބަރު ހުސެއިން ޒަރީރު

4- ބޭރުމަތި ދާއިރާގެ މެމްބަރު މަރްޔަމް ސައީދު

5- މަރަދޫފޭދޫ ދާއިރާގެ މެމްބަރު ޙާލިދާ މުޙައްމަދު

6- ހުޅުދޫ ދާއިރާގެ މެމްބަރު ހުސައިން ފައިޒުއް ރަޙްމާން

ޕީޕީއެމް މެމްބަރުން

1- މީދޫ ދާއިރާގެ މެމްބަރު އާމިނަތު ސާލިޙާ

2- ފޭދޫ މަގުއްދޫ ދާއިރާގެ މެމްބަރު މަރްޔަމް ސަލްމާ

3- މާދެލަ ދާއިރާގެ މެމްބަރު މުހައްމަދު ފައިސަލް

އަމިއްލަ މެމްބަރުންގެ ގޮތުގައި

1- މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ނާދިރު

2- ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހްމަދު ސައީދު

3- މާމެންދޫ ދާއިރާގެ މެމްބަރު އާމިނަތު އަދާލާ ރަޝީދު