English Edition
Dhivehi Edition
މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު ހާލިދާ

އައްޑޫ ސިޓީ މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު ހާލިދާ މުހައްމަދު ‘ދަ ޑިމޮކްރެޓްސް’ އަށް ސޮއިކޮށްފިއެވެ،

ހާލިދާ ‘ދަ ޑިމޮކްރެޓްސް’ އަށް ސޮއިކޮށްފައިވަނީ މިހާރު ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ރޭ ފޭދޫގައި ބޭއްވި ޖަލްސާގައެވެ. އެމްޑީޕީ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވި ހާލިދާ ހާލިދާ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި ފޯމާ ހަވާލުވީ ރައީސް ނަޝީދެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ 13 މެންބަރުންގެ ތެރެއިން މިހާރު ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 7 މެންބަރުންނެވެ.

އައްޑޫ ސިޓީގައި ދަ ޑިމޮކްރެޓްސްގެ ހަރަކާތްތައް ވަރުގަދަކޮށްފައިވާއިރު އިއްޔެ ރައީސް ނަޝީދު އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު އައްޑޫ ސިޓީއަށް ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ އެ ދެ ބޭފުޅުންނަށް މަރުހަބާ ކިޔުަށް ނިކުމެފައެވެ.